ޙާލަތު

Sponsored

Website cover image

ރަސްމާލެ މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރަން: ނަޝީދު

6 މިނެޓުން ކިޔާލެވިދާނެ
0
ޙިޔާލުތައް
224
ބަލާފައި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.

ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރާ ގުޅިގެން ބޭއްވި ގައުމީ މަޖިލިހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އެމަނިކުފާނު ހުންނެވީ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ނޫން ނަމަވެސް ބައެއް ބޭފުޅުން އެމަނިކުފާނުގެ ނަން ފާހަގަ ކުރައްވާތީ އެއްޗެއް ވިދާޅުވާން ބޭނުންފުޅުވާ ކަމަށެވެ.

"މިހާރު އަޅުގަނޑު ވިދާޅުވި ކަމަށް އެއްޗެއް ބުނުއްވާ ކަމަށް ވަނީ ވިއްޔާ އަޅުގަނޑަށް ޖެހޭ އެބަ އެއްޗެއް ދަންނަވަން. އަޅުގަނޑު ފުރިހަމައަށް މި ޕްރޮޖެކްޓަށް ތާއީދުކުރަން، ހަމަ ފުރިހަމައަށް،" ނަޝީދު ވިދާޅުވިއެވެ.

ބަހުސްގައި ބައެއް މެމްބަރުން އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ކަމަކީ އީގަލް ހިލްސްއަށް ރަސްމާލެ 99 އަހަރަށް ދޭ މައްސަލައެވެ. އަދި ރަސްމާލޭގައި ޔަހޫދީން ނުުވަތަ ޒަޔަނިސްޓުން ވަޒަންވެރި ކުރުވައި، އުޅޭ ކަމަށް ބުނެ ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

އެކަމަކު، އެ ދެ ކަމުގައި ވެސް ނަޝީދު ވަނީ ރައްދު ދެއްވައިފައެވެ.

ނަޝީދު ވިދާޅުވީ "ސާބިތު ނުހިފޭ" ގޮތަށް މުސްތަގުބަލުގައި ވާން އޮތް ކަމެއްގެ ވާހަކަ ނުދެއްކުމަށް ތަކުރާރުކޮށް މެމްބަރުންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.

"އިސްލާމް ދީނާ ގުޅުވައި މި ޕްރޮޖަކްޓަށް، އަދި ޒަޔަނިޒަމާ މި ޕްރޮޖެކްޓާ ގުޅުވައި ތި ދައްކަވާ ވާހަކަތަކަކީ ސާބިތު ހިފޭ ވާހަކަތަކެއް ނޫން، މި ޕްރޮޖެކްޓާ ގުޅިގެން ރާއްޖޭގެ އިސްލާމް ދީން ގުޅިގެން ނުވަތަ ދިވެހިންގެ ދީނީ އަގީދާ އަށް އަންނަންވީ އެއްވެސް ބަދަލެއް ސާބިތު ހިފޭ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭކަށް ނޯންނާނެ." ނަޝީދު ވިދާޅުވިއެވެ.

"އަނެއްކާ ވެސް ތަކުރާރުކޮށް ދަންނަވާނަން، ސާބިތު ނުހިފޭ، ނުކުރެވޭ ވާހަކަ ނުދެއްކެވުމެއް،"

ނަޝީދު ވިދާޅުވީ ގައުމީ މަޖިލީހުގެ ޖަލްސާގައި ތިއްބެވި ހުރިހާ ބޭފުޅުންނަކީ ވެސް ބޭރު ގައުމުތަކުން އައިސް ރާއްޖޭގައި ވަޒަންވެރިވެގެން އުފެދިފައި އޮތް އާބާދީއެއްގެ "ފަހުރުވެރި ދިވެހި ދަރިން" ކަމަށެވެ.

"ބައެއް ބޭފުޅުން (އަހާ) 100 އަހަރު ވީމާ ކިހިނެއްތޯ ވާނީ؟ އަޅުގަނޑު އަޑު އަހާފައި އޮތް ގޮތުގައި، އަޅުގަނޑަށް އެނގިފައި އޮތް މިންވަރުން... ހޯރަފުއްޓަށް މީގެ 300 އަހަރު ކުރީގައި އައި ތިން ނާ. އޭގެ ތެރެއިން އެއް ނާ ހޯރަފުށީގައި މަޑުކުރީ، އަނެއް ނާ ދިޔައީ ދުވާފަރަށް. ދެން އިއްޒަތްތެރި ރައީސް ހޯރަފުށީ ދާއިރާގެ ރައީސް (ސަލީމް) ތިއީ އެ ނާއިން ވަޑައިގެންނެވި ބޭފުޅުންގެ އާއިލާއެއްގެ ބޭފުޅެއް ކަމަށް އަޅުގަނޑަށް އެނގިފައި އޮތީ. އެހެންވީމާ، މި 100 އަހަރު ވީމާ ވެގެން ގޮސްދާނެ ގޮތަކަށް އަޅުގަނޑަށް މި ވިސްނައިލެވުނީ"