ޙާލަތު

Sponsored

Website cover image

މުއުމިނެއްގެ ހަޤީޤީ ބާރަކީ ދަތި އުނދަގޫ ޙާލަތްތަކުގައި ވެސް ﷲއާ އޮންނަ ގުޅުން ވަރުގަދަ ކުރުން: ޚުޠުބާ

3 މިނެޓުން ކިޔާލެވިދާނެ
0
ޙިޔާލުތައް
321
ބަލާފައި

މުއުމިނެއްގެ ހަޤީޤީ ބާރަކީ ދަތި އުނދަގޫ ޙާލަތްތަކުގައި ވެސް ﷲއާ އޮންނަ ގުޅުން ވަރުގަދަ ކުރުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.

"ޞިއްޙަތަށް ފަރުވާތެރިވުން" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ޚުޠުބާގައި ވަނީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.

ޚުޠުބާގައި ބުނީ އިންސާނާގެ ހަށިގަނޑަކީ މާތް ﷲ ހަވާލުކުރައްވާފައިވާ މަތިވެރި އަމާނާތެއް ކަމަށާއި، އެ އަމާނާތަށް ރައްކާތެރިވުމަކީ ކޮންމެ މީހެއްގެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން، ހިތުހުރި ގޮތަކަށް އަމިއްލަ ނަފުސަށް ގެއްލުންދީ، ނުރައްކާތަކަށް ހުށަހެޅުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެން ނުވާކަން ޚުޠުބާގައި ފާހަގަކުރިއެވެ.

މިއަދު ލިބިފައިވާ ޒުވާންކަމާއި ބާރަކީ އަބަދަށް ދެމިއޮންނާނެ އެއްޗެއް ނޫންކަން ފާހަގަކޮށް، ޚުޠުބާގައި ބުނީ މުސްކުޅިވެ ބަލިކަށިވާނެ ދުވަހެއް އަންނާނެ ކަމަށެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ އަސްލު ބޭނުމަކީ ހަމައެކަނި ބަލިތަކުން ސަލާމަތްވުން ނޫން ކަމަށާއި، އެއީ މާތް ﷲއަށް ކިޔަމަންތެރިވުމަށާއި ހެޔޮ އަމަލުތައް ކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި ގިޔާމަތް ދުވަހުން މާތް ﷲ ދެއްވި ސިއްހަތާއި ވަގުތުގެ ބޭނުން ހިފި ގޮތާ މެދު ސުވާލު ކުރެވޭނެކަން ހަނދާންކޮށްދީ، އެ ނިއުމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ.