ޙާލަތު

Sponsored

Website cover image

މާލޭން ތިނަދޫއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިފި

3 މިނެޓުން ކިޔާލެވިދާނެ
0
ޙިޔާލުތައް
217
ބަލާފައި

މާލެއިން ފުރައިގެން ގދ. ތިނަދޫއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ގއ. ފެންފުއްޓާގެ އުތުރު ފަރާތު ފަރަށް އަރާފައިވަނީ “ދެރަހަ” ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ.

އެމްއެންޑޯއެފުން ވިދާޅުވީ އެ ހާދިސާގެ ރޭ 00:40 ހާއިރު ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ސަރަހައްދަށް ދަތުރުކޮށްފައި ކަމަށެވެ.

އެގޮތުން، އެބޯޓުން ދަތުރުކުރަމުންދިޔަ ހަތަރު ދިވެހީންނާއި، ހަ ބިދޭސީންގެ ތެރެއިން ހަތް މީހަކު ވަަނީ 01:53 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑުގެ ހާބަރކްރާފްޓަށް ނަގާފައި ކަމަށާއި ޑިންގީއެއްގައި ގދ. ފެންފުއްޓާއަށް އަރައިތިބި ތިން މީހުން ވެސް 02:10 ހާއިރު ވަނީ ހާބަރކްރާފްޓަށް ނަގާފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

“ދެރަހަ” ބޯޓު ފުންކުރުމަށް އެ ބޯޓުގެ ވެރިިފަރާތުން ގެނައި "ސްވިފްޓް" ދޯނި 04:22 ހާއިރު އެ ސަރަހައްދަށް އައުމުން، އެ ފަޅުވެރިން ވަނީ އެ ދޯންޏަށް ބަދަލުކޮށްފައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އަދި މިހާރު “ދެރަހަ” ބޯޓުގެ ވެރިފަރާތާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ދަނީ ބޯޓު ފުންކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.