ޙާލަތު

Sponsored

Website cover image

އެމެރިކާއިން އީރާނަށް ހަމަލާދީފި

4 މިނެޓުން ކިޔާލެވިދާނެ
0
ޙިޔާލުތައް
219
ބަލާފައި

އީރާންގެ ގަޝްމް ރަށުގައި އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދިން ކަން އެންމެ ފުރަތަމަ ރިޕޯޓުކުރީ އެމެރިކާގެ މީޑިއާއެއް ކަމަށްވާ ދަ ވޯލް ސްޓްރީޓް ޖާނަލްއިންނެވެ. އަދި މި ހަމަލާތަކުގެ ޒިންމާ އެމެރިކާގެ އަސްކަރިއްޔާ އިން ނަގާފައިވާ ކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލަކާ ހަވާލާދީ، އެ ނޫހުގައި ބުނެފައިވަނީ އީރާނަށް އަމާޒުކޮށް އެ ހަމަލާތައް ދިނީ ވަރަށް ސިއްރުން ކަމަށާއި އެއީ ކުޑަ ވަގުތުކޮޅަކަށް ދިން ހަމަލާތަކެއް ކަމަށެވެ. އީރާނުން މި ހަމަލާ ދިނީ، އެމެރިކާ އާއި އީރާންއާ ދެމެދު އެއްބަސްވުމެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

މި ހަމަލާ ދީފައިމިވަނީ އެމެރިކާގައި އޮންނަ މިޑްޓާމް އިލެކްޝަނަށް ފަހުގައި، އީރާންއާއެކުގައި ހަނގުރާމައަކަށް ދިއުމުގެ ފުރުސަތު ނެތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނިކޮށެވެ. އެމެރިކާގެ އޮފިޝަލު ބުނެފައިވަނީ ސަރަހައްދުގައި ތިބި އެމެރިކާގެ ސިފައިންނަށް ނުރައްކާވާން އުޅޭ ނަމަ، އެކަމަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

އެމެރިކާގެ އޮފިޝަލަކު ފަހުން ބުނެފައިވަނީ، ހޮރްމޫޒް ކަނޑުއޮޅީގައި ހުރި އީރާންގެ އަމާޒުތަކަށް ދިން ހަމަލާތަކަކީ "ދިފާއުވުމަށް" ދިން ހަމަލާތަކެއް ކަމަށެވެ.

އެމެރިކާގެ އަސްކަރީ އޮފިޝަލަކު "ދަ އެސޯސިއޭޓަޑް ޕްރެސް ނިއުސް އެޖެންސީ" އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެމެރިކާގެ "އެސެޓުތަކަށް" ހަމަލާ ދޭން ބޭނުންކުރާ މިސައިލް ލޯންޗަރުތަކަށް ވައިގެ ހަމަލާތަކެއް ދީފައިވާނެ ކަމަށެވެ. އީރާންގެ ދައުލަތުގެ ޓީވީން ވެސް ވަނީ ގަޝްމްގައި ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް ބުނެފައެވެ.

މިއީ އެމެރިކާގެ ސިފައިން "ފުލް ސްކޭލް" ގައި ހިންގި އޮޕަރޭޝަނެއް ނޫން ކަމަށް ވެސް ނޫސްތަކުގައި ބުނެފައިވެއެވެ.