ޙާލަތު

Sponsored

Website cover image

ފަސްޓް ލޭޑީ ސާޖިދާ ނަސްރުގެ ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހިންނަށް ފޮނުއްވައިފި

4 މިނެޓުން ކިޔާލެވިދާނެ
0
ޙިޔާލުތައް
234
ބަލާފައި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދު، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވައިފިއެވެ.

ސާޖިދާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާއުގައި ޖިހާދުކުރެއްވި ހިތްވަރުގަދަ ގައުމީ ބަތަލުންނާއި ފުރާނައިން ގުރުބާންވި އިއްޒަތްތެރި ޝަހީދުންގެ މަތިވެރި ޒިކުރާ އާ ކުރައްވައި، އެ ބޭފުޅުންނަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާ ދަންނަވާފައިވެއެވެ.

އަދި ދިވެހި އުންމަތް އަބަދުމެ މިނިވަންކަމާއި އަމާންކަންމަތީ ލަހައްޓަވައި، ބާއްޖަވެރިކަން މިންވަރުކުރެއްވުމަށް އެދިވަޑައިގެން މާތް ﷲ ގެ ހަޟްރަތުގައި ދުއާ ދެންނެވިއެވެ.

ނަސްރުގެ ދުވަހާ ގުޅިގެން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ކަމަށެވެ.

ރާއްޖޭގެ ނަސްރުގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ފަހުރުވެރި ދިވެހި ސިފައިންނާއި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވަމުން ރައީސް ވަނީ ލޮބުވެތި ގައުމުގެ ދިފާއުގައި ޝަހީދުވެގެންދިޔަ އަބްތާލުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުން އެދި ދުއާކުރައްވައިފައެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރަނީ ނޮވެމްބަރު 3، 1988 ގައި ދިވެހި ގައުމަށް ލިބުނު މަތިވެރި ނަސްރުގެ ހަނދާން އާ ކުރުމުގެ ގޮތުންނެވެ.

އެ ދުވަހަކީ ދިވެހިންގެ މަދު ބަޔަކާއި ސްރީލަންކާގެ ތަމަޅަ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޯޓް އާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ދިވެހި ގައުމަށް ލިބުނު ނަސްރަށެވެ. އެ ހަމަލަގައި 19 ދިވެއްސަކު ޝަހީދުވިއެވެ. އޭގެ ތެރޭގައި ހިމެނެނީސިފައިންގެ 8 ބޭކަލަކާއި އާންމުންގެ 11 ބޭފުޅެކެވެ.