ޙާލަތު

Sponsored

Website cover image

ނަސްރުގެ ދުވަހުގެ އަސްކަރީ ހަރަކާތްތައް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

3 މިނެޓުން ކިޔާލެވިދާނެ
0
ޙިޔާލުތައް
135
ބަލާފައި

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ސިފައިން މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ އަސްކަރީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފްވެރިކޮށްދެއްވައިފިއެވެ.

ރައީސްގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް ވަނީ ރިޔާސީ ކުރުނީހެއް އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ދިފާއީ ވަޒީރާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ޙިލްމީގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އާންމު ރައްޔިތުންނާއި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް މި ހަރަކާތްތައް ބަލާލުމަށް ޖަމާވެފައިވެއެވެ.

ސިފައިންގެ މި ހުށަހެޅުންތަކުގައި ގައުމުގެ ދިފާއުގައި މަސައްކަތްކުރާ އެކި ވިންގުތަކުގެ އޮޕަރޭޝަންތަކާއި، ސިފައިން ބޭނުންކުރާ ތަފާތު ޔުނިފޯމްތަކުގެ އިތުރުން އަސްކަރީ އުޅަނދުތައް ވަނީ ދައްކާލާފައެވެ. މީގެ އިތުރުން، ނިރުބަވެރި ހަމަލާއެއް ދިވެހި ސިފައިން ހުއްޓުވާނެ ގޮތުގެ ހާއްސަ އޮޕަރޭޝަނެއްގެ މަންޒަރުތައް ވެސް ޖުމްހޫރީ މައިދާނުގައި މިއަދު ވަނީ ހުށަހަޅައިދީފައެވެ.