ޙާލަތު

Sponsored

Website cover image

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.8 މިލިއަނަށް އަރައިފި

4 މިނެޓުން ކިޔާލެވިދާނެ
0
ޙިޔާލުތައް
651
ބަލާފައި

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.8 މިލިއަނަށް އަރައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 1.81 މިލިއަން ފަތުރުވެރިން އައިސްފައި ވެއެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނި 1.87 މިލިއަން ފަތުރުވެރިންނެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ހެދި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް ވެސް ދަށަށް ގޮސްފައިވާއިރު، މިއަހަރުގެ މިހާތަނަށް މި އަދަދު ހުރީ މިދިޔަ އަހަރާ އަޅާކިޔާއިރު، %3.1 ދަށުގައެވެ.

ރާއްޖެއަށް ފަތުރުވެރިން ގެނައުން އިތުރު ކުރުމުގެ ގޮތުން މަސައްކަތްތަކެއް ކުރަމުން އަންނައިރު، ސަރުކާރުގެ އެންމެ ފަހުގެ އަންދާޒާތަކުން ދައްކާގޮތުން މި އަހަރު ރާއްޖެއަށް މިދިޔަ އަހަރަށްވުރެ ކޮންމެވެސް ވަރަކަށް އިތުރަށް ފަތުރުވެރިން އަންނާނެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ ފުރަތަމަ ހަތަރު ދުވަހު ރާއްޖެއަށް 22،581 ފަތުރުވެެރިން އައިސްފައިވާއިރު، މިދިޔަ އަހަރު އެ މުއްދަތުގައި ރާައްޖެ އައިސްފައި ވަނީ 26،561 ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތައް:

ޗައިނާ: 333،864
ރަޝިއާ: 269،695
އިނގިރޭސިވިލާތް:138،039
ޖަރުމަން:122،152
އިޓަލީ:106،941

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 1.3 މިލިއަން ފަތުރުވެރިން އައިސްފައިވަނީ ރިސޯޓުތަކަށެވެ. އަދި 386،969 ފަތުރުވެރިން ގެސްޓްހައުސްތަކަށް ގޮސްފައިވާއިރު، ހޮޓެލްތަކަށް 39،957 ފަތުރުވެރިން ވަނީ ގޮސްފައެވެ.

ފަތުރުވެރިކަމުގެ ސީޒަން ފަށަން ތައްޔާރުވެފައިވާއިރު، 180 ރިސޯޓާއި، 17 ހޮޓަލާއި، 920 ގެސްޓްހައުސްގެ އިތުރުން، 164 ސަފާރީ އުޅަނދު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ.