ޙާލަތު

Sponsored

Website cover image

މައުލޫމާތު ހިއްސާ ކުރެއްވުމަށް

See what everyone’s up to and what’s on their minds

މައުލޫމާތު ހިއްސާ ކުރެއްވުމަށް

  • ބޯކޮށް ވާރޭވެހި ގެތަކަށް ފެންވަދެ، ކުޅުދުއްފުށީގެ ބޮޑު ސަރަހައްދެއް ފެނު އަޑީގައި


    ކުޅުދުއްފުށީގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު "މިހާރު" އަށް ވިދާޅުވީ ވިއްސާރާގައި ގެއްލުންވެގެން މިހާތަނަށް 112 ގެއަކުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ލިބުނު ގެއްލުމުގެ ތަފްސީލު އަދި ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

    271 ބަލާފައި
  • ވިއްސާރައިގައި ނޮޅިވަރަންފަރުގެ 95 ޕަސެންޓް ގެތަކަށް ފެންވަދެއްޖެ


    ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ރެއިން ފެށިގެން ހުއްޓުމެއްނެތި ވެހެމުންދާ ވާރޭގެ ސަބަބުން ނޮޅިވަރަންފަރުގެ 95 ޕަސެންޓް ގެތަކަށް ފެން ވަދެފައިވާ ކަމަށެވެ.


    އެ ގޭގޭގައި ހިފާގެންގުޅޭ ސާމާނަށް ގެއްލުން ލިބިފައިވާއިރު، ހާލުގައި ޖެހުނު ބައެއް އާއިލާތައް މިހާރު އެހެން ގެތަކަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.

    268 ބަލާފައި
  • ޕާކިސްތާނާއެކު ދެން އޮތީ 60 އަހަރުގެ ކުރިއެރުމާއި ތަނަވަސްކަން ހޯދުން: ރައީސް

    MIHAARU.COM
    ޕާކިސްތާނާއެކު ދެން އޮތީ 60 އަހަރުގެ ކުރިއެރުމާއި ތަނަވަސްކަން ހޯދުން: ރައީސް
    ރާއްޖެ އާއި ޕާކިސްތާންގެ ހާރިޖީ ގުޅުމަށް މި އަހަރު 60 އަހަރު ފުރިފައިވާއިރު ދެން ކުރިއަށް އޮތީ 60 އަހަރުގެ ތަނަވަސްކަމާއި ކުރިއެރުން ދެ ގައުމު ގުޅިގެން ހޯދުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
    262 ބަލާފައި
  • ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ހިޔާ ފްލެޓުތަކުގެ 11 ވަނަ ޓަވަރުގެ 23 ވަނަ ފްލޯގެ އެޕާޓްމަންޓެއްގެ ބަދިގޭގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.


    އޭގެ އިތުރުން ގޭތެރޭގައި ދުމުގެ އަސަރު ހުރުމުން އެ ގޭގައި ދިރިއުޅޭ ހަތަރު މީހަކަށް އެއް ދުވަހަށް ވަގުތީ ބޯހިޔާވަހިކަން އަދި ފަސް ދުވަހުގެ ކެއުންބުއިމުގެ އިންތިޒާމް ވަނީ ހަމަޖައްސައިދީފަ އެވެ.

    MIHAARU.COM
    ހިޔާ ފްލެޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ބޮޑެތި ގެއްލުންތަކެއް
    އޭގެ އިތުރުން ގޭތެރޭގައި ދުމުގެ އަސަރު ހުރުމުން އެ ގޭގައި ދިރިއުޅޭ ހަތަރު މީހަކަށް އެއް ދުވަހަށް ވަގުތީ ބޯހިޔާވަހިކަން އަދި ފަސް ދުވަހުގެ ކެއުންބުއިމުގެ އިންތިޒާމް ވަނީ ހަމަޖައްސައިދީފަ އެވެ.
    182 ބަލާފައި
  • ހުޅުމާލެ ހިޔާ 11 ވަނަ ޓަވަރުގެ 23 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައިގެން މި އޮތޯރިޓީން ވަނީ ހަރަކާތްތެރިވެފައި. މި ހާދިސާގައި އެޕާޓްމަންޓުގެ ބަދިގެ ބޭނުންނުކުރެވޭ ވަރަށް ގެއްލުންވެ، ގޭތެރޭގައި ދުމުގެ އަސަރު ހުރުމުގެ ސަބަބުން، އެގޭގައި ދިރިއުޅޭ 4 ފަރާތަކަށް 1 ދުވަހުގެ ވަގުތީ ބޯހިޔާވަހިކަމާއި 5 ދުވަހުގެ ކެއިންބުއިމުގެ އިންތިޒާމް މި އޮތޯރިޓީން ވަނީ ހަމަޖައްސަދީފައި . މިހާދިސާ އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވޭ.

    191 ބަލާފައި
  • ހިޔާ ފްލެޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ބޮޑެތި ގެއްލުންތަކެއް
    ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ހިޔާ ފްލެޓުތަކުގެ 11 ވަނަ ޓަވަރުގެ 23 ވަނަ ފްލޯގެ އެޕާޓްމަންޓެއްގެ ބަދިގޭގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އޭގެ އިތުރުން ގޭތެރޭގައި ދުމުގެ އަސަރު ހުރުމުން އެ ގޭގައި ދިރިއުޅޭ ހަތަރު މީހަކަށް އެއް ދުވަހަށް ވަގުތީ ބޯހިޔާވަހިކަން އަދި ފަސް ދުވަހުގެ ކެއުންބުއިމުގެ އިންތިޒާމް ވަނީ ހަމަޖައްސައިދީފަ...
    263 ބަލާފައި
  • މިހާރު ރާއްޖޭގެ އުތުރަށް ކުރަމުންދާ ވިއްސާރާގައި ހއ.ތަކަންދޫގެ ބައެއް ސަރަހައްދު ތަކާއި އާންމު ރައްޔިތުންގެ ގޭބީސީ ތަކަށް ލިބެމުންދާ ގެއްލުންތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ސަމާލު ކަމަށް އަޅުގަނޑު ވާނީ ގެނެސްފައެވެ.ރައްޔިތުންނަށް މިގެއްލުމުން އަރައިގަތުމަށްޓަކައި މިހާރުން މިހާރަށް ކުރެވެންހުރި މަސައްކަތްތައް އިދާރާތަކުން ބަލައި،MNDF ގެ ނޮދަން ކޮމާންޑުން ފޯރުކޮށްދެވެން ހުރި އެހީތެރިކަން ފޯރުކޮށްދެއްވުމަށް MNDF ގެ ޓީމެއް ވަރަށް އަވަހަށް ތަކަންދޫއަަށް ފޯރާނެއެވެ.އަދި ސަރުކާރުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ހއ.ތަކަންދޫ ކައުންސިލް ގުޅުވައި،ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ސެންޓަރަށް ރިޕޯޓު ކުރަންވީގޮތް ކައުންސިލަށް ވަނީ ދަންނަވާފައެވެ.

    ހއ.ތަކަންދޫގެ ލޮބުވެތި ރައްޔިތުން އެކުވެރިކަމާއެކު މިކަމުން އަރައިގަތުމަަށް ކުރައްވާ މަސައްކަތްޕުޅަށް ލޯތްބާއެކު ޝުކުރު ދަންނަވަމެވެ.އަދި މިކަމުން ލިބެމުންދާ ގެއްލުންތަކަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ތިޔަ ލޮބުވެތި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަރުބަލިކަމެއް ނެތި އަޅުގަނޑު މަސައްކަތް ކުރަމުންދާކަމުގައި ދަންނަވަމެވެ.
    273 ބަލާފައި
  • ރައީސުލްޖުމްހޫރިއްޔާ، ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވުން

    54 ބަލާފައި 352 ބަލާފައި