Sponsored
ހޯއްދެވުމަށް
ތަފާތު ދާއިރާގެ މީހުންނާއެކު އައު މައުލޫމާތު ހޯއްދަވާ
-
-
ގއ. ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި ގެތަކަށާއި މުއައްސަސާތަކަށް ފެންވަދެ، ކަރަންޓު ކެނޑި ގެއްލުންތަކެއް ވަނީ ވެފައި. ރައްޔިތުނާއި ރަށު ކައުންސިލް ގުޅިގެން ފެންހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު، އިތުރު އެހީތެރިކަން ފޯރުކޮށް ދިނުމަށް ޕަންޕާއި ގެތަކަށް ފެންވަނުން ހުއްޓުވުމަށް ވެލިބަސްތާ ތައްޔާރުކުރުމަށް ބޭނުންވާ ގޯނި ހިފައިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑުން މިހާރު ދަނީ އެރަށަށް ދަތުރުކުރަމުން.
278 ބަލާފައި -
ވިއްސާރައިގައި ނޮޅިވަރަންފަރުގެ 95 ޕަސެންޓް ގެތަކަށް ފެންވަދެއްޖެ
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ރެއިން ފެށިގެން ހުއްޓުމެއްނެތި ވެހެމުންދާ ވާރޭގެ ސަބަބުން ނޮޅިވަރަންފަރުގެ 95 ޕަސެންޓް ގެތަކަށް ފެން ވަދެފައިވާ ކަމަށެވެ.
އެ ގޭގޭގައި ހިފާގެންގުޅޭ ސާމާނަށް ގެއްލުން ލިބިފައިވާއިރު، ހާލުގައި ޖެހުނު ބައެއް އާއިލާތައް މިހާރު އެހެން ގެތަކަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.
315 ބަލާފައި -
ބޯކޮށް ވާރޭވެހި ގެތަކަށް ފެންވަދެ، ކުޅުދުއްފުށީގެ ބޮޑު ސަރަހައްދެއް ފެނު އަޑީގައި
ކުޅުދުއްފުށީގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު "މިހާރު" އަށް ވިދާޅުވީ ވިއްސާރާގައި ގެއްލުންވެގެން މިހާތަނަށް 112 ގެއަކުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ލިބުނު ގެއްލުމުގެ ތަފްސީލު އަދި ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
312 ބަލާފައި