ޙާލަތު

Sponsored

Website cover image

ސިފައިން ކުރެއްވި މަތިވެރި ޖިހާދަކި އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް: ރައީސް

4 މިނެޓުން ކިޔާލެވިދާނެ
0
ޙިޔާލުތައް
239
ބަލާފައި

ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ނަސްރުގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ފަހުރުވެރި ދިވެހި ސިފައިންނާއި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާ އެކްސްގައި ކުރެެއްވި ޕޯސްޓެއްގައެވެ.

"އަޅުގަނޑުމެންގެ މި ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް،” ރައީސްގެ ޕޯސްޓްގައި ލިޔުއްވާފައިވެ އެވެ.

އެމަނިކުފާނުގެ ކުރެއްވި ޕޯސްޓް ވަނީ ނަސްރުގެ ދުވަހަށް ހާއްސަ ޅެން ބައިތެއް ވެސް ހިމަނުއްވައިފައެވެ. އެއީ

‏"ކިޔާ ދޫތަކުން މީ ޝުކުރުވެރި ތަރާނާ

‏ ޝަހީދުންގެ ޒިކުރާގެ މަތިވެރި ފަސާނާ

‏ ހިޔާ ފެތުރުވީ ރީތި މިނިވަން އަމާނާ

‏ ފިދާކޮށް މި ވަތަނަށްޓަކާ ރޫޙު ޖާނާ"

‏ ރައީސްގެ ޕޯސްޓް ނިންމަވާލައްވަމުން މި ލޮބުވެތި ގައުމުގެ ދިފާއުގައި ޝަހީދުވެގެންދިޔަ އަބްތާލުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުން އެދި ދުއާކުރައްވާފައިވެއެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރަނީ ނޮވެމްބަރު 3، 1988 ގައި ދިވެހި ގައުމަށް ލިބުނު މަތިވެރި ނަސްރުގެ ހަނދާން އާ ކުރުމުގެ ގޮތުންނެވެ.

އެ ދުވަހަކީ ދިވެހިންގެ މަދު ބަޔަކާއި ސްރީލަންކާގެ ތަމަޅަ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޯޓް އާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ދިވެހި ގައުމަށް ލިބުނު ނަސްރަށެވެ. އެ ހަމަލަގައި 19 ދިވެއްސަކު ޝަހީދުވިއެވެ. އޭގެ ތެރޭގައި ހިމެނެނީސިފައިންގެ 8 ބޭކަލަކާއި އާންމުންގެ 11 ބޭފުޅެކެވެ.