ޙާލަތު

Sponsored

Website cover image

މިއަހަރު 11 ބިލިއަން ރުފިޔާ ދަރަނި ދައްކާއިރު އަންނަ އަހަރު ދައްކަންޖެހޭނީ 4.5 ބިލިއަން ރުފިޔާ

3 މިނެޓުން ކިޔާލެވިދާނެ
0
ޙިޔާލުތައް
349
ބަލާފައި
މިއަހަރު 11 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ދައްކަން ޖެހޭއިރު އަންނަ އަހަރު ދަރަނި ދައްކަންޖެހޭނީ 4.5 ބިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށައަޅުއްވަމުން ނެވެ. 

މިނިސްޓަރު ޒަރީރު ވިދާޅުވީ މިއަހަރުގެ މިހާތަނަށް 10.4 ބިލިއަން ރުފިޔާ ސަރުކާރުން ދަރަނީގެ ގޮތުގައި އަނބުރާ ދައްކާފައިވާކަމަށެވެ. އަދި އަހަރު ނިމޭއިރު  ޖުމުލަ 11.7 ބިލިއަން ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށް ހަރަދުވާނެކަމަށް ބެލެވޭކަމަށް މިނިސްޓަރު ޒަރީރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ މި އަހަރުގެ މިހާތަނަށްދެއްލި ދަރަނިތައް ދައްކާފައިވަނީ ދަރަނި ދައްކަން އިތުރު އެއްވެސް ލޯނެއް ނުނަގާކަމަށެވެ. ދަރަނީގެ ބޮޑު ބައެއް ދެއްކުމުން އަންނަ އަހަރު ދައްކަންޖެހޭ ދަރަނި ކުޑަވެ އެ އަދަދު 4.5 ބިލިއަން ކުޑަވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ދަރަނި ދެއްކުމުގައި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އިތުބާރު ބޮޑުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ރޭޓިންގް އޭޖެންސީތަކުން ރާއްޖެއަށް ދީފައިވާ ރޭޓިން މަތިކުރިކަންވެސް މިނިސްޓަރު ޒަރީރު ފާހަގަކުރެއްވި އެވެ.