ޙާލަތު

Sponsored

Website cover image

ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޮފީހެއް ޗައިނާގައި ހުޅުވައިފި

3 މިނެޓުން ކިޔާލެވިދާނެ
0
ޙިޔާލުތައް
354
ބަލާފައި
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ހިދުމަތްތައް ބައިނަލްއަގުވާމީ ފެންވަރުގައި އިތުރަށް ފުޅާކޮށް ވަރުގަދަކުރުމުގެ ގޮތުން، ޗައިނާގެ ވެރިރަށް ބެއިޖިންގައި އެ އެއާލައިންގެ އާ އޮފީހެއް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރީން އަންނަ ޗައިނާގައި މޯލްޑިވިއަންގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ އޮފީސް ހުޅުވައިދެއްވީ މޯލްޑިވިއަންގެ އިސްވެރީންނާއި ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބެވެ.

މޯލްޑިވިއަން އިން ބުނި ގޮތުގައި މިއީ އެ އެއާލައިންގެ ދަތުރުތައް އިތުރުކޮށް ހިދުމަތްތައް ފުޅާކުރުމުގެ މަގްސަދުގައި ހުޅުވި އޮފީހެކެވެ.

މި އޮފީހާއެކު ޗައިނާއަށް ދަތުރުކުރާ ފަސިންޖަރުންނާއި އެ ޤައުމުން ރާއްޖެ އަންނަ ފަސިންޖަރުންނަށް ރަނގަޅު ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.

ޗައިނާއަކީ މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މާކެޓެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް އެ ގައުމުން ރާއްޖެއަށް 327,531 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ 19 އިންސައްތައެވެ.

މޯލްޑިވިއަންއިން މިހާރުވެސް އަންނަނީ އެ އެއާލައިންގެ ފްލީޓުގައި ހިމެނޭ އޭ330-200 މަރުކާގެ މަތިންދާބޯޓު ބޭނުންކޮށްގެން ޗައިނާގެ ތިން ސިޓީއަކަށް ދަތުރުތައް ބާއްވަމުންނެވެ.