ޙާލަތު

Sponsored

Website cover image

ނަސްރުގެ ދުވަހުގެ ފަރިތަކުރުންތަކަށް ޖުމްހޫރީ މައިދާން ސަރަހައްދު ވަކި ގަޑިތަކަށް ބަންދުވާނެ!

3 މިނެޓުން ކިޔާލެވިދާނެ
0
ޙިޔާލުތައް
341
ބަލާފައި

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްޓަކައި، ޖުމްހޫރީ މައިދާން ހިމެނޭ ސަރަޙައްދުގެ އެއްގަމާއި ކަނޑުގެ ޓްރެފިކަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ފުލުހުން ވިދާޅުވީ، މި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ދެ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މިގޮތުން ގެނެވޭ ބަދަލުތަކުގެ ތެރޭގައި:

  • މަގުތައް ބަންދުކުރުން: ފަރިތަކުރުންތައް ކުރިއަށްދާ ދުވަސްތަކުގެ މެންދުރުފަސް 15:30 އިން ފެށިގެން ހަރަކާތްތައް ނިމެންދެން، ޖުމްހޫރީ މައިދާން ވަށައިގެންވާ މަގުތައް އާންމު ދަތުރުފަތުރަށް ބަންދުވާނެއެވެ.
  • ފަޅުތެރެ ބަންދުކުރުން: އެ ދުވަސްތަކުގެ މެންދުރުފަސް 15:00 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން، އެ ސަރަޙައްދުގެ ފަޅުތެރެ އާންމު އުޅަނދުފަހަރަށް ބަންދުވާނެއެވެ.

މި ބަދަލުތަކާ ގުޅިގެން ދަތުރުފަތުރު ކުރާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މާފަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އަބަދުވެސް އާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް ކަމާބެހޭ އިދާރާއިން ވަނީ ވިދާޅުވެފައެވެ.